ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2018/9
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 28 ނޮވެންބަރު 2018 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރގެ ވަޒީފާ

މިއީ މިކޯޓުގެ ނަންބަރު: IUL)147-AIT/1/2018/5) އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އެމަޤާމަށް ކޮށްފައިވާ އިޢުލާނެވެ.

ވަޒީފާގެ ފުރުޞަތު

  ނަންބަރު:(IUL)147-AIT/1/2018/9)

ތާރީޚް: 25 ނޮވެމްބަރު 2018 

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް-2

މުސާރަ:

  މަހަކު -/9412 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/3000 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ޝަރީޢަތްކުރުމާބެހޭ ސެކްޝަން

މަޤާމުގެ އަސާސީ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށް ދިނުމާއެކު؛ ޝަރީޢާ،ޝަރީޢާ އެންޑް ލޯ ނުވަތަ ލޯގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށްފަރިތަ ފަރާތަކަށްވުން.
  • ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

- 18 އަހަރުންދަށުގެ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި، ޝަރީޢަތްކުރާ ސެކްޝަނުން ކުރަންޖެހޭ އެންމެހާކަންކަން ކޯޑިނޭޓްކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތައް، ޝަރީޢަތުގެ ބޭނުމަށްޓަކައި ބަލައި ދިރާސާ ކުރުމާއި، މަސައްކަތާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތައް ދިރާސާކުރުމާއި ކޮމެންޓު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 55 ލިބޭނެ.
  • ލިވިންގ އެލަވަންސްގެ ގޮތުގައި 2700 ރުފިޔާ ލިބޭނެ.
  • ނައިޓް ކޯޓުގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

28 ނޮވެމްބަރު 2018 ވާ ބުދަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

- ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.

25 ނޮވެންބަރު 2018