މުބާރާތް
ނަންބަރު: (IUL)177/1/2018/48
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 02 ޖަނަވަރީ 2019 01:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސެވަންތް ރައުންޑް އޮފް އަސްވަން އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ކަލްޗަރގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ން 24 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދެންނެވިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގައި ހިމެނޭނީ 12 މެމްބަރުންނެވެ. އެއީ ބައިވެރިވާ ގްރޫޕްގެ 10 މެމްބަރުންނާއި އޮފިޝަލުންގެ ގޮތުގައި އެން.ސީ.އޭ ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ 02 ބޭފުުންނެވެ. މިގްރޫޕްގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރު ފަތުރު ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3344667   އަށް ގުޅުއްވުން އެދެމެވެ.

21 ނޮވެންބަރު 2018