ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2018/95
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 20:51
ސުންގަޑި: 27 ނޮވެންބަރު 2018 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އައްޑޫ ހުޅުދޫ ދާއިރާއަށް ވޯޓުލުމެއްނެތި ހޮވިފައިވާ ފަރާތުގެ ވަގުތީ ނަތީޖާ

އިޢުލާން

ޤާނޫނު  ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެ ދަށުން، އައްޑޫސިޓީގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީ އިންތިޚާބު ކުރުމަށް 29 ނޮވެންބަރ 2018 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އައްޑޫ ހުޅުދޫ ދާއިރާއަށް ކުރިމަތިލާފައި ވަނީ އެއްމެ ފަރާތަކުންނެވެ.

ވީމާ، ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައްޑޫ ހުޅުދޫ ދާއިރާއަށް ކުރިމަތިލާފައިވާ  ތިރީގައި މިދަންނަވާ ކެންޑިޑޭޓު، ވޯޓުލުމެއްނެތި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ވަނަ ދައުރަށް ވަނީ އިންތިޚާބު ވެފައެވެ.

ވީމާ މި ކަމާގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ 27 ނޮވެންބަރ 2018 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން އެކަން މިއިދާރާއަށް ލިޔުމަކުން އަންގަވައި ދެއްވުން އެދި އެކަން ޢާއްމުކޮށް އިޢުލާން ކުރަމެވެ. 

  • އައްޑޫ ހުޅުދޫ ދާއިރާ :   ޝާމާ އިބްރާހީމް / މޫންލައިޓްގެ / މީދޫ  

15 ރަބީޢުލް އައްވަލް  1440

 

23 ނޮވެންބަރު 2018