ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)417-CA/417/2018/68
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 29 ނޮވެންބަރު 2018 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދު ސާފުކުރާ މަސައްކަތުމީހުން ހޯދުން

މަޤާމް: މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު: 01 (ފިރިހެން)

ޝަރުޠު:

01- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި، ޢުމުރާއި ޞިއްޙީގޮތުން މިފަދަ މަސައްކަތް ކުރެވޭފަދަ މީހަކު ކަމުގައިވުން.

02- ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ އެކަމުގެ ޝައުގުވެރިކަން ހުންނަ މީހަކު ކަމުގައިވުން.

މުސާރަ (މަހަކު): 4400.00 ރ. (ހަތަރުހާސް ހަތަރުސަތޭކަ ރުފިޔާ)

ކުރަންޖެހޭ މަސައްކަތްތައް:

1- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

2- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވަށައިގެންވާ މަގުތަކުގެ 2/1 ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

3- ހޯނޑެއްދޫ ކުރީގެ ހުކުރު މިސްކިތުގެ (އާޘާރީ މިސްކިތް) ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

4- މީގެ އިތުރުން ކައުންސިލުން ކުރަމުންދާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން.

 

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި: ހަފްތާއަކު ފަސްދުވަސް (ސަރުކާރުގެ ރަސްމީ) ދުވާލަކު 4 ގަޑިއިރު.

          ވީމާ މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ފޮޓޯކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

          މިހެންވެ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ނޮވެންބަރު 2018