ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-151/NCP-22/2018/36
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 02 ޑިސެންބަރު 2018 10:00
އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނެވުމަށް ގެ ކުއްޔަށް ހިފުން

1 ޖަނަވަރީ 2019 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ އިސްވެރިޔަކު ހުންނެވުމަށް  05 ނޮވެމްބަރ 2018 ވަނަ ދުވަހު ކުރި އިއުލާންގައި ދީފައިވާ މައުލޫމާތު ޝީޓްގައި މައްސަލައެއް ހުރުމުން އެ އިއުލާން ބާތިލްކޮށް 2019 އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް  2 ކޮޓަރީގެ އެޕާޓްމަންޓެއް ކުޔަށް ހިފުމަށް އަލުން އިއުލާން ކުރަމެވެ.

            ވީމާ  ގެ  ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2018 ޑިސެމްބަރ 02 ވަނަ ދުވަހު 10:00

2018 ޑިސެމްބަރ 10 ވަނަ ދުވަހު 10:00

 

           މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން  އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެންބޭފުޅަކު ދުރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ސިޓީއެއް ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

          އަދި  ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

ޝުކުރިއްޔާ

14 ރަބިއުލްއައްވަލް 1440

22 ނޮވެމްބަރ  2018

22 ނޮވެންބަރު 2018