ދެންނެވުން
ނަންބަރު: (IUL)266/266/2018/67
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 28 ނޮވެންބަރު 2018 13:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހދ.ކުޅުދުއްފުށީގައި އާންމުކޮށް ބަލަހައްޓަންޖެހޭ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށައެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

      މައުލޫމާތު ސާފުކުރުން – 28 ނޮވެމްބަރ  2018 ވާ ބުދަ ދުވަހުގެ 13:30

      އަންދާސީ ހިސާބު ހުށަހެޅުން – 02 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30

                މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތަކުން ހާޟިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިތްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

22 ނޮވެންބަރު 2018