ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)453-LTM-2/1/2018/14
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 29 ނޮވެންބަރު 2018 11:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބޭނުމަށް ވެހިކަލް ހޯދުމާ ބެހޭ

އިޢުލާން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ބޭނުން ކުރުމަށްޓަކައި  ވެހިކަލެއް ހޯދުމަށް ކުރެވުނު އިއުލާން (IUL) 453-LTM-2/1/2018/13އަށް ކޮމާންޑުން ކުރި އަންދާޒާއަށްވުރެ މަތިން އަގު ހުށައަޅާފައިވާތީވެ ކުރިން ކުރެވުނު އިއުލާން ބާތިލްކޮށް، އަލުން މި މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

                  ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ނޮވެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސް / ވެލާނާ އިންޓަރްނޭޝަނަލް އެއާރްފޯޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ނޮވެންބަރު 25 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން 2018 ނޮވެންބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ.

                  ބިޑް ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.

      މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2018 ނޮވެންބަރު 27 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

22 ނޮވެންބަރު 2018