ދިވެހިރާއްޖެ
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކ.ގުރައިދޫ،ދިވެހިރާއްޖެ. ނަންބަރު: 17/HPSN-IL/2018
އިޢްލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
06 ނޮވެމްބަރ 2018 ގައި މިމަރުކަޒުން ކުރެވުނު އިޢުލާން (ނަމްބަރު:HPSN-IL/2018/16) އަށް އެކަށިގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާލިތުކޮށް އަލުން އިޢުލާނު ކުރަމެވެ.
މިމަރުކަޒުން ނައްތާލަން ނުވަތަ އުކާލަންޖެހޭ ސިއްހީ ޙިދުމަތަށް ބޭނުންކުރާ އާލަތްތަކާއި، ނެޕީ، ދަޅާއި ފުޅި އަދިވެސް މިފަދަ އެހެނިހެން ކުނިބުނި ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ.
ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 02 ޑިސެމްބަރ 2018 ވާ އާދީއްތަަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގަނެވޭނީ މަޢްލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
14 ރަބީޢުލްއައްވަލް 1440