ދިވެހިރާއްޖެ
ނަމްބަރު:(IUL)328-HR/328/2018/64
އިޢުލާން
ވަޒީފާގެ ފުރުޞަތު |
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމް: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރ: |
J-222596 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ރޭންކް: |
އެމް.އެސް 2 |
މަޤާމްގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
6295.00 ރުފިޔާ |
ސާރވިސް އެލަވަންސް: |
2000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
5- ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900:00 ރުފިޔާ |
މަސްޢޫލިއްޔަތަކާއި ވާޖިބުތައް: -ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން. -ސެކްޝަނުން ދެމުންދާ ޚިދުމަތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ ޤަވާޢިދުތައް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ހަދާ ކައުންސިލަށް ހުށައެޅުން. -މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހުން އާންމުންކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުމާއި އާންމުކުރުން. -އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ދަށުން ކައުންސިލް އިދާރާއަށް ހުށަހަޅާ، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން. -ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ކާރިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދޭވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. -ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސް ތަކުގައި އެމުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީ ގޮތުން ޙަވާލު ކޮށްފި ހިނދެއްގައި އެމަސައްކަތް ތައް ކުރުން. -އިދާރާގައި ކޮރަޕްޝަން މަގުފަހިނުވާ ނޭގޮތެއްގެ މަތިން މަސައްކަތްތައް ކުރިޔަށް ގެންދިއުން -ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން -ފަޤީރުންނާއި މިސްކީނުންގެ ނަންނޯޓްކުރުމާއި ލިސްޓް އިޢުލާނު ކުރުން އަދި ފަޤީރުންގެ ލިސްޓް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން. -ރަށު ކައުންސިލްގެ އިދާރާގެ ޤުރުއާން މުބާރާތް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްވެ ބެލެހެއްޓުން -ކައުންސިލް އިދާރާގެ ފަރާތުން ބައްވާ ދީނީ ދަރުސް ދިނުމުގެ ކަންތައްތައް ޒިންމާދާރުވެރިޔާގެ ލަފައިގެމަތިން އިންތިޒާމުކޮށް ކުރިޔަށް ގެންދިއުން -ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން. -ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން. -އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޖެހޭ ސިޓީ ، މެސެޖް ، ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން . -ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
|
މަޤާމުގެ ޝަރުޠުތައް 1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2-ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: 1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) 2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް) 3-ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4-ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން: 5-ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6-ވަޒީފާގެ މަސައްކަތުގެ ދާއިރާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ: 7-ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ. 8-މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދަލުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢުލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށްއެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 1-ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން. 2-ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން. 3-މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން. 4-ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv ، [email protected] އަދި ފެކްސް 6620001 ނަމްބަރު މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަލައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަތަނާއި މުއްދަތު): މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 30 ނޮވެމްބަރު 2018 އާއި 10 ޑިސެމްބަރު 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ. |
|
ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %45 (ސާޅީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.
އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv : ، [email protected] އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.