ކުއްޔަށް ހިފުން
ނަންބަރު: GS153/IUL/2018/22
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 10 ޑިސެންބަރު 2018 12:40
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ހޯދުމާއި ބެހޭ

            2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމަކާއި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް (ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2018 ނޮވެމްބަރު 29 ވާ ބުރާސްފަތި ދުވަހު 12:40 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

2018 ޑިސެމްބަރ 10 ވާ ހޯމަ ދުވަހު 12:40 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

 

            މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 6680837 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

          13  ރަބީޢުލްއައްވަލް   1440

21 ނޮވެންބަރު 2018