ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290/290/2018/37
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި:
27 ނޮވެންބަރު 2018 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމްބަރ: (IUL)290/290/2018/37
އިޢުލާން
މަޤާމް:
|
ވަގުތީ މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
3
|
މަޤާމް އޮތްތަން:
ވަޒީފާ އަދާކުރަންޖެހޭ ތަން:
ރޭންކް:
ކްލެޝިފިކޭޝަން:
މުސާރަ:
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
މަސްޖުދުލް ނޫރު މިސްކިތް /ނ.މާފަރު
އެސް.އެސް 2
ސަޕޯރޓް ސްޓާފް ގްރޭޑް2
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/45 ރ
ރަށު ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ރަށުކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމް/މުދިމް އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.
- ކޮންމެ ނަމާދު ވަގުތެއްގައި ރަށުކައުންސިލުން ރާވާ ގޮތެއްގެމަތީން މިސްކިތަށްގޮސް މިސްކިތާއި ފާޚާނާއާއި އިސްކުރުބަރިއާއި ވަޅުދޮށް ސާފްކުރުން.
- މިސްކިތްފޮޅާ ސާފްކޮށް ވަޅުދިޔަހިއްކާ މިސްކިތާއި ބެހޭ ހުރިހާ ކަމެއްކުރުން.
- ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ، ސާފްކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކެހުމާއި އުކާލުން ފަދަ މަސައްކަތްކުރުން.
- ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި ބޮކި ފަންކާ ކަބަޑުތައް ފޮޅާ ސާފްކުރުން. އަދި ބޮކި ނުވަތަ ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާ ޢުޞޫލަކުން ދިއްލާ، ނިންވުމާއި، މިސްކިތުގެ އެއަރކޯންތައް ސާފުކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމް/އިމާމް އަށާއި ރަށު ކައުންސިލަށް އަންގަމުންދިއުން.
- ރަށުކައުންސިލުން ހަމަޖައްސާފައިވާ ގޮތެއްގެމަތީން މިސްކިތު ގޯތިތެރޭގައިވާ ގަސްގަހާއި ވިނަކޮށުމާއި ވިނަނޮޅާސާފްކުރުން
- ރަށު ކައުންސިލުން ހަމަޖައްސަވާގޮތެއްގެމަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
- މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.
|
މަޤާމްގެ ޝަރުތުތައް:
|
01- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި، 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
02- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ
03- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
|
ސުންގަޑި:
|
27 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން މިލަދުން މަޑުލުދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯރމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑްކުރެވޭނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- އިންޓަރވިއު
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2018 ނޮވެމްބަރ 28 އާއި 30 އާ ދެމެދު މިއިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓާރވިއުއަށް ޙާޟިރުވުމަށް އިންޓަރވިއު ފެށުމުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.
|
ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން
ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަވާނަމަ، އެފަރާތްތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560005 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
13 C 1440
21 ނޮވެމްބަރ 2018