ޢާންމު މަޢުލޫމާތު
ނަންބަރު: GS57/2018/13
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 28 ނޮވެންބަރު 2018 13:30
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްއެދި

  1. މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ GS57/2018/11 )04 ނޮވެމްބަރ 2018( އިޢުލާންގައި ކަނޑައެޅިފައިވާ ޢަދަދަށް ސެކިޔުރިޓީ ބަލަހައްޓައިދިނުމަށް ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން 2ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
  2. ވީމާ، ތިރީގައި ދެންނެވިފައިވާ މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް  އަލުން ހުޅުވާލަމެވެ.

މަސައްކަތް

01 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ގެނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން.

  1. މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަހުގެ 13:30 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 ޑިސެމްބަރ 02 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  2. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2018 ޑިސެމަބަރ 04ވާ އަންގާރަ ދުވަހުގެ 13:30 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

ފޯން: 6580097

އީމެއިލް: [email protected]

19 ނޮވެންބަރު 2018