ދެންނެވުން
ނަންބަރު: 266/CIR/2018/2
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:38
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ލޯކަލް ބަނދަރު ބެލެހެއްޓުމާ ބެހޭ އުޞޫލް

1 – ބަނދަރުގެ އެއްގަމުތޮށި ވާޓަރުކައިރީގައި އުޅަނދުފަހަރު އަޅާފައި ބާއްވަންވާނީ އެ އުޅަނދަކަށް ޚާއްސަކުރެވިފައިވާ ސަރަހައްދެއްގައެވެ. މި ސަރަހައްދުތަކުގައިވެސް ޢާއްމުކޮށް ބޭނުންނުކުރާ އުޅަނދުފަހަރު އަޅާފައި ބާއްވައިގެން ނުވާނެއެވެ.

2 – މަސްދޯނިފަހަރާއި ވަދުދޯނި،ބޮއްކުރާ އަދި ޑިންގީ އާއި އެނޫންވެސް މިބާވަތުގެ އުޅަނދުތައް އަޅާފައި ބާއްވަންވާނީ އޮޑިއެހެލާ ސަރަހައްދު ފަޅުތެރޭގައެވެ.

3 – ތެޔޮ އުފުލާ އުޅަނދުތަކާއި، ސަރުކާރުގެ އުޅަނދުތައް ފަދަ އުޅަނދުތައް އަޅާފައި ބާއްވަންވާނީ ބަނދަރު އުތުރުފައިކަށީގެ ބޭރުތޮށީ ބޯސަލުގައެވެ.

4 – ސްޕީޑްލާންޗް ބާރައްދުވާ މިބާވަތުގެ އުޅަނދުފަހަރު އާއްމުކޮށް އަޅާފައި ބާއްވަންވާނީ ބަނދަރު ކަނޑިންމަ ދެކުނުފައިކަށީގެ ދެކުނުން ބޭރުތޮށީގެ ބޯސަލުގައެވެ.

5 – ތެޔޮ އުފުލާ ދަގަނޑު އުޅަނދުފަހަރު ތެޔޮބޭލުމަށް ކުޅުދުއްފުށި ފަޅުތެރޭގައި ބަނދަރުކުރަންވާނީ މެންދުރުފަހު 15:00 ން ރޭގަނޑު 12:00 އާއި ދެމެދު އެކަމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައެވެ.

6 – ފަޅުތެރޭގައި ބާއްވައިގެން އެއްވެސް އުޅަނދެއް މަރާމާތުކުރަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.

19 ނޮވެންބަރު 2018