ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯއްދުން
2019 ވަނަ އަހަރު މިސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބެނުންވެ ކުރެވުނު އިޢުލާނު ނަމްބަރ GS-184/IUL/23 (06 ނޮވެމްބަރ 2018) ގުޅިގެން 3 ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، ގެ ކުއްޔަށް ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދައްނަވާ ތާރީޙުގައި މައުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގޭގެ ވެރިފަރާތުގެ ބަދަލްގައި ބެފުޅަކު ހާޒިރުވާނަމަ ގޭގެ ވެރިފަރާތުގެ އިޢުތިރާޒު ނެތްކަމުގެ ސިޓީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. |
ކުނަހަންދޫ ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން. |
02 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
11 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގައި |
11 ރަބީޢުލްއައްވަލް 1440
19 ނޮވެމްބަރ 2018
ޢަލީ ހުސައިން
ޕްރިންސިޕަލް