މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/306
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 28 ނޮވެންބަރު 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2019 ވަނައަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2019 ވަނައަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުގުވެރިވެލައްވާފަރާތްތަކަށް ބީލަންހުށަހެޅުއްވުމުގެ ފުރުސަތުހުޅުވާލަމެވެ. 2019 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 22 މެޓްރިކްޓަނެވެ.

 

މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަން ފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

މި މިސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ނޮވެމްބަރ 2018  ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  28 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

ނެޝަނަލް އޯޒޯން ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ،ދިވެހިރާއްޖެ

ފޯން: 3018369  3018366 ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv       

15 ނޮވެންބަރު 2018