ދިވެހިރާއްޖެ
އިޢުލާން
ސްޓޭޝަނަރީ އައިޓަމްސް ވިއްކާ ފަރާތްތަކުގެ ދަފްތަރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން
މި މަދަރުސާއަށް ބޭނުންވާ 35,000.00 ރުފިޔާއިން ދަށުގެ ސްޓޭޝަނަރީ އައިޓަމްސް ވިއްކުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މިކަމަށް އެދޭ ފޯމު ރިސެޕްޝަނުން ނެންގެވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ފޯމު ދޫކުރުން |
ފޯމު ހުށަހެޅުމުގެ ސުންގަޑި |
18ނޮވެންބަރު 2018 ވަނަ ދުވަހުން ފެށިގެން |
29 ނޮވެންބަރު 2018 ވަނަ ދުވަހުގެ ނިޔަލަށް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 3323627 ނަންބަރު ފޯނާއެވެ.
07 ރަބީޢުލް އައްވަލް 1440