މަސައްކަތް
ނަންބަރު: GS-142/2018/11
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 27 ނޮވެންބަރު 2018 13:30
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

2019 ވަނައަހަރުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައިވާ މި ސްކޫލުގެ އައު އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދީ ދަރިވަރުންނަށް ރަށުން (ކ.ހުރާ)އިން ލިބޭނެގޮތް އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަމަށް 1ފަހަރު  އިޢުލާންކޮށްގެން މަޢުލޫމާތު ސޫފުކުރުމަށް ޙާޞިރުވެފައިވަނީ 01 ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު  ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ދިނުންއޮންނާނީ 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރު 1:30ގައި މިސްކޫލުގައެވެ.

            އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ 27 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 1:30 ގައެވެ.

      މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅާ އަންދާސީ ހިސާބު ބާޠިލް ވާނެވާހަކަ ދެންނެވީމެވެ. ބަދަލްގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތުގެ ސިޓީއަކާއި އެކު ހާޒިރުވެލައްވާ ފަރާތުގެ އައި.ޑީ.ކާޑު ގެންނަވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލުގެ ފޯން ނަމްބަރު 6640177 އާއި ގުޅުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

            މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ނޮވެންބަރު 2018