ދިވެހިރާއްޖެ
ނަމްބަރ: GS66/IUL/2018/45
އިޢުލާން
ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
2019 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ
ވީމާ މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
ތާރީޚާއި ގަޑި:25 ނޮވެމްބަރ 2018 އާދިއްތަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
ތާރީޚާއި ގަޑި: 02 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.