ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2018/98
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 22:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ އިދާރާއިން ކޮށްފައިވާ 3 އިޢުލާނެއްގެ ބީލަން އޮންނަ ތާރީޚާއި ގަޑި ބަދަލުވުން

މި ކައުންސިލް އިދާރާއިން 28 އޮކްޓޯބަރު 2018 ގައި ކޮށްފައިވާ ތިރީގައިވާ 3 އިޢުލާނުގައި ބަޔާންކުރެވިފައިވާ ގަޑިތައް ވަނީ ބަދަލުވެފައެވެ. އެހެންކަމުން، އެ އިޢުލާންތަކުގެ ގަޑިތައް މި ދަންނަވަނީއެވެ.

  • އިޢުލާން ނަންބަރު IUL)251-EDSS/251/2018/90) (ހއ ދިއްދޫ "ސެންޓްރަލް ޕާރކް" ޑިޒައިންކޮށް، ހަދައިދޭނެ ފަރާތެއް ހޯދުން) ގެ އިޢުލާނާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ނޮވެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އަދި މި މައުލޫމާތާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހު 13:00 ގައެވެ.
  • އިޢުލާން ނަންބަރު IUL)251-EDSS/251/2018/91) (ހއ ދިއްދޫ ކައުންސިލަށް ކުއިކްބުކްސް ސޮފްޓްވެއަރ ފޯރުކޮށްދީ، އިންސްޓޯލްކޮށް، ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުން) ގެ އިޢުލާނާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ނޮވެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 12:30 ގައެވެ. އަދި މި މައުލޫމާތާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހު 12:30 ގައެވެ.
  • އިޢުލާން ނަންބަރު IUL)251-EDSS/251/2018/92) (ހއ ދިއްދޫ ކައުންސިލަށް ވީޑިއޯ އަދި ފޮޓޯގްރަފީ ކޯހެއް ހިންގައިދެއްވާނެ ފަރާތެއް ހޯދުން) ގެ އިޢުލާނާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ނޮވެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ. އަދި މި މައުލޫމާތާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2 ޑިސެމްބަރު 2018 ވާ އާދީއްތަ ދުވަހު 12:00 ގައެވެ.

 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ނޮވެންބަރު 2018