މަސައްކަތް
ނަންބަރު: (IUL)251-CA/251/2018/99
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 21:31
ސުންގަޑި: 25 ނޮވެންބަރު 2018 13:30
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ ކައުންސިލް އިދާރާގެ ސްޓޮކް ބަލަހައްޓާނެ ސޮފްޓްވެއަރއެއް ހޯދުމާއި، އެއާ ގުޅޭ ތަމްރީން ދޭނެ ފަރާތެއް ހޯދުން

ހއ ދިއްދޫ ކައުންސިލްގެ އިދާރާއަށް ސްޓޮކް ބަލަހައްޓާ ސޮފްޓްވެއަރ އެއް ހޯދުމަށާއި، އެއާ ގުޅޭ ތަމްރީން ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 ނޮވެންބަރު 2018 ވާ އާދީއްތަ 13:30 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މި އިދާރާގައި ބާއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާ ބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި މި ދަންނަވަނީއެވެ.

  1. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން އެންމެ ސިކުންތެއް ހިނގި ކަމުގައިވިޔަސް، ބެލެވޭނީ ގަޑި ޖެހުނު ކަމަށެވެ. އަދި އެ ގޮތަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތެއް ނޭރުވޭނެއެވެ.
  2. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތް އެކަންޏެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ. އަދި އެއްވެސް ފަރާތަކަށް 2 ފަރާތް ނުވަތަ އެއަށްވުރެ އިތުރު ފަރާތެއް މި ބައްދަލުވުންތަކުގައި ތަމްޞީލެއް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބު ހުށައެއް ނޭޅުއްވޭނެއެވެ.
  3. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެ ފަރާތަކީ އެ ފަރާތުގެ ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކުރެވިފައިވާ ފަރާތަކަށް ވާން ވާނެއެވެ. އަދި އެ ބައްދަލުވުންތަކަށް އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
  4. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
  5. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ،  ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
  6. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
  7. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން ނަން ނޯޓްކުރައްވާފައި ނުވާ އެއްވެސް ފަރާތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގެންނެވޭއެވެ.
14 ނޮވެންބަރު 2018