ދިވެހިރާއްޖެ
އިއުލާން
ރައްޔިތުންގެ ރުއްގަނޑުތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.
ހައްދުންމަތީ މާވަށުގެ އެކިހިސާބުތަކުގައި ހުރި ރުއްގަނޑުތަށް ކުއްޔައްދިނުމަށް ކައުންސިލްގެ އާއްމު ބައްދަލުވުމުގެ ނަންބަރު 400/2018/T3-35 ނިންމުމުން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 25 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގެ ބީލަންފޮތް، 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2018 ވާ ބުދަ ދުވަހާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ 20 ރުފިޔާއެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.