މަސައްކަތް
ނަންބަރު: (IUL)374-C/374/2018/124
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 25 ނޮވެންބަރު 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫގެ ކުރީގެ ކުނިކޮށީގެ މޫދު ތޮށިތައް މަރާމާތުކުރުން.

އިޢުލާނު 

ނިލަންދޫގެ ކުރީގެ ކުނިކޮށީގެ މޫދު ތޮށިތައް މަރާމާތުކުރުން.

ނިލަންދޫގެ ކުރީގެ ކުނިކޮށީގެ މޫދު ތޮށިތައް މަރާމާތުކުރަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރަން ޤަޞްދުކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރަން ބޭނުންވާ މަސައްކަތަކީ ތޮށީގެ ބޭރުގައި ޖަހަން ތައްޔާރުކުރާ 330 ޓީ ބްލޮކް ކޮންކްރީޓް ކުރުމެވެ.

2018 ނޮވެންބަރު 15 ވަނަ ދުވަހުންފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުކުރީ 9:00 އިން މެންދުރު 12:00 އާދެމެދު މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑުކުރެވެން ހުންނާނެއެވެ. މިއިދާރާގެ ވެބްސައިޓް އެޑްރެހަކީ: www.fncl.gov.mv އެވެ. މި މަސައްކަތް ކުރުމަށް ދެ ގޮތެއް ނިންމިފައި ވެއެވެ.

1. މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، ކޮންޓްރެކްޓް އުޞޫލުން މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2018 ނޮވެންބަރު 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބައްދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫގެ ކުރީގެ ކުނިކޮށީގެ މޫދު ތޮށީގެ މަރާމާތަށް ބޭނުންވާ 330 ޓީ. ބްލޮކް ހެދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

2. ވަގުތީ ކޮންޓްރެކްޓުގެ މުވައްޒަފުންގެ ގޮތުގައި މަހު މުސާރައަށް މި މަސައްކަތްކޮށްދޭން ބޭނުންވާ މީހުން މިއިދާރާއިން ދޫކުރާ، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވައި 2018 ނޮވެންބަރު 25 ވަނަ ދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަގުތީ ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ބޭނުންވަނީ 5 މީހުންނެވެ. އެއީ މި މި މަސައްކަތް ކުރުވާ މީހެއްގެގޮތުން މިބާވަތުގެ މަސައްކަތް ކުރަން ރަނގަޅަށް ދަންނަ މީހަކާއި މަސައްކަތު 4 މީހުންނެވެ. މަސައްކަތްކުރަންޖެހޭނީ ދުވާލަކު 8 ގަޑިއިރުގައެވެ. ވިދިވިދިގެން 5 ދުވަހު މަސައްކަތްކޮށްފިނަމަ 1 (އެކެއް) ދުވަސް ހުސްކޮށްދެވޭނެއެވެ. މި ވަޒީފާގައި އިތުރުގަޑީގައި މަސައްކަތްކުރާކަށް ނުޖެހޭނެއެވެ. އަދި މުސާރަ ފައިސާ ފިޔަވައި އިތުރު ޢިނާޔަތެއްވެސް ނުލިބޭނެއެވެ. މުސާރައަކީ:

2.1 އިސްކޮށް މަސައްކަތްކުރާ މުވައްޒަފަށް މުސާރައިގެ ގޮތުގައި މަހަކު 10,000/- (ދިހަހާސް) ރުފިޔާ އާއި 15,000/- (ފަނަރަހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދެއް (ދެފަރާތް އެއްބަސްވާ) ލިބޭނެއެވެ.

2.2 މަސައްކަތު މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 6,000/- (ހަހާސް) ރުފިޔާ އާއި 9,000/- (ނުވަހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދެއް (ދެފަރާތް އެއްބަސްވާ) ލިބޭނެއެވެ.

06 ރަބީޢުލްއައްވަލު 1440

14   ނޮވެންބަރު  2018                  މުޙައްމަދު ޖަލީލު

                             ފ. ނިލަންދޫ ކައުންސިލްގެ ރައީސް

14 ނޮވެންބަރު 2018