ކުއްޔަށް ދިނުން
ނަންބަރު: (IUL)269/269/2018/33
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 26 ނޮވެންބަރު 2018 13:15
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަރުވާތައް ކުއްޔަށް ދޫކުރުމާބެހޭ

 

ވަރުވާ ދަނޑު، އުތުރު ހިންނަ އާއި ދެކުނު ހިންނަ އާއި ރަށްވެހިގެ ގޯތިތެރޭގައި ހުރިރުއްތައް އަދި ބޮޑުމަގުގެ ދެކުނު ކޮޅު އިރުމަތީފަރާތުގައިހުރި ރައްޔިތު ރުއްގަނޑު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، ގޮއިފާލައްބަ ހިންނަ ފަދަ ތަންތަން ކުއްޔަށް ދިނުމާބެހޭގޮތުން މި އިދާރާއިން އެކުލަވާލާފައިވާ އުޞޫލާއި އެއްގޮތަށް، ކުއްޔަށް ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކުން،  2018 ނޮވެންބަރ 26 ވާ ހޯމަ ދުވަހު 13:15 އަށް، ތަންތަނާއި އަގުތައް ވަކިން އެނގޭގޮތަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.  ސިޓީ ހުށަހަޅުއްވަނީ ކުންފުންޏަކުންނަމަ، ކުންފުނީގެ ރެޖިސްޓްރީގެ ކޮޕީ، އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ކުރެވޭ މަސައްކަތްތަކުގެ ދާއިރާތައް އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.

ގޮއިފާލައްބަ، ހިންނަ ފަދަ ތަންތަން ކުއްޔަށް ދިނުމާބެހޭގޮތުން ހެދިފައިވާ އުޞޫލާއި ގުޅުންހުރި މަޢުލޫމާތު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 ނޮވެންބަރު 2018