ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 ނޮވެންބަރު 2018 14:55 ގައި ބާތިލް ކުރެވިފައެވެ.
މި ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ކުރެވުނު ނަންބަރ : GS113/2018/258 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. 1 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10.30 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އެއަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.30 ގައި މި ސްކޫލުގައެވެ. އަދި އެސްޓިމޭޓް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ ހެނދުނު 10:35 ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ. އަދި ދަންނަވަމަވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6561802 އާއި ގުޅުއްވުން އެދެމެވެ. |