މަސައްކަތް
ނަންބަރު: GS85/IUL/2018/17
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 29 ނޮވެންބަރު 2018 09:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސުކޫލްގެ ސެކިއުރީޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން 2019 ވަނައަހަރު  މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

2018 ނޮވެމްބަރ  21 ވަނަދުވަހުގެ 9.00 ގައި ސްކޫލްގެ އޮފީހުގައި

2018 ނޮވެމްބަރ 29 ވަނަދުވަހުގެ 9:00 ގައި ސްކޫލްގެ އޮފީހުގައި

މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް ފޮނުވާ ފަރާތައް ސިޓީއާއި އެކު އައިޑީ ކާޑް ކޮޕީ  ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅިދާނެއެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ.ކާޑް ކޮޕީ ވެސް ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށައަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށައަޅާ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަމްބަރ 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރުމަޢުލޫމާތު ހޯދުމަށް ގުޅާނީ 6500536 ނަމްބަރ ފޯނާއެވެ.

14 ނޮވެންބަރު 2018