ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ:(IUL)403-M/403/2018/85
އިޢުލާނު
ކުނިކޮށީގައި ކުނިއަންދާ އައްޓެއް ހެދުމާއިގުޅޭ
ކުނިކޮށީގައި ކުނި އަންދާ އަށްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 21 ނޮވެންބަރު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި
* އެސްޓިމޭޓް ހުށަހެޅުން: 29 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
05 ރަބީއުލްއައްވަލް 1440
13 ނޮވެންބަރު 2018
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ނައިބުރައީސް