ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-152-A/PRIV/2018/8
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 22 ނޮވެންބަރު 2018 10:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

އިޢުލާނު

2019 ވަނަ އަހަރު ސްކޫލުގެސެކިއުރިޓީބަލަހައްޓައިދޭނެފަރާތެއްހޯދުން

 

2019 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 27 ނޮވެންބަރު 2018 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ، މިކަމުގެމަޢުލޫމާތު އެކުލެވޭގޮތަށް މިސްކޫލުން ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. މިދެންނެވި ފޯމު މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެންނެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަން ވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ރަބީޢުލްއައްވަލް 1440

13 ނޮވެންބަރު 2018    

13 ނޮވެންބަރު 2018