ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ
އިޢުލާން
GS-88/2018/IUL/09 :ނަންބަރ |
2019ވަނަ އަހަރު މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް |
ތާރީޚް: 13 ނޮވެމްބަރ 2018 |
ކޮންޓްރެކްޓް އުސޫލުން ، މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.
ތާރީހާއި ގަޑި |
ތަފްސީލް |
25 ނޮވެމްބަރ 2018 (އާދިއްތަ) 13:30 |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
29 ނޮވެމްބަރ 2018 (އާދިއްތަ) 13:30 |
އަންދާސީ ހިސާބު ހުށައެޅުން |
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރިކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރ:2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ:2018/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު އައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ރަބީޢުލްއައްވަލް 1440
13 ނޮވެމްބަރ 2018