ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-CS/1/2018/8
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 19 ނޮވެންބަރު 2018 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު:  (IUL)219-CS/1/2018/6 (01 ނޮވެންބަރު 2018) އިޢުލާން ގައިވާ ނޫސްވެރިކަމުގެ އިނާމުދިނުމުގެ ހަޕްލާ ގެ މަސައްކަތްތަކާ ގުޅިގެން ކުރެވުނު އިޢުލާނުގެ ތިރީގައި މިދަންނަވާ މަސައްކަތްތަކަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

  1. ތަން ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)
  2. ހަފްލާގެ ފޮޓޯ ނެގުން

ވީމާ، މި ދެމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

12 ނޮވެންބަރު 2018