ދެންނެވުން
ނަންބަރު: (IUL)356-B/2018/50
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 15 ނޮވެންބަރު 2018 14:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މިރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ދެ ޕާކް ހިމެނޭސަރަޙައްދުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުން  

            މިރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ދެ ޕާކް ހިމެނޭސަރަޙައްދާއި އެ ސަރަޙައްދުގެ ވަށައިގެންވާ މަގުތަކުގައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން ރުއްހުރިތަނާއި އެރުކަކީ ކާކުގެ ރުކެއްކަން އެނގޭނޭ ދެހެކިންގެ ނަމާއި އެޑްރެސް ބަޔާން ކުރައްވާ 2018 ނޮވެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ސަރަޙައްދުގައި ހުރި ރުއްތަކުގެ މައްސަލަ ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ގެ ފަހުން ހުށަހަޅުއްވާ ފަރާތްތަކަށް ބަދަލުދެވެން ނެތްވާހަކަވެސް ދެންނެވީމެވެ .

            މިރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ދެ ޕާކް ހިމެނޭސަރަޙައްދު އެނގޭނޭ ޗާޓެއް މި އިޢުލާނާއި އެކު ޢާއްމު ކުރީމެވެ .

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            04  ރަބީޢުލްއައްވަލް 1440 

            12  ނޮވެމްބަރ 2018

 

 

12 ނޮވެންބަރު 2018