ޢާންމު މަޢުލޫމާތު
ނަންބަރު: GS-190/2018/110
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 04 ޑިސެންބަރު 2018 10:30
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާއިބެހޭ

2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާއިބެހޭ

 

          މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފަން ބޭނުންވާ ގޭގައި މިދަންނަ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • 2  ނިދާކޮޓަރި - އެޓޭޗް ފާޚާނާއާއި ފަރުނީޗަރާއެކު (މަދުވެގެން 1 ކޮޓަރީގައި އޭ.ސީ ހުންނަންވާނެއެވެ.)
  • ސިޓިންގރޫމް، ބަދިގެ - ފަރުނީޗަރާއެކު (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • މީހުން ދިރިއުޅޭ ގެއެއްގެ ބައެއްގައި ނަމަ  އިލެކްޓްރިކް މީޓަރ ވަކިކުރެވިފައިހުރުން.

        ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

22 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލް

04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލް

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލްގެ ނަންބަރ 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.

                             08 ނޮވެމްބަރ 2018    

08 ނޮވެންބަރު 2018