ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL/GS-31/2018/26
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 13 ނޮވެންބަރު 2018 11:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓުސޯސް ކުރުމާގުޅޭ

           މިމަދަރުސާގެ ނަންބަރ: IUL/GS-31/2018/23 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް އެއްވެސް ފަރާތަކުން ދުރުވެލައްވާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެފުރުބަތު ހުޅުވާލަމެވެ.

           2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް މި މަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2018 ނޮވެމްބަރ 13 ވާ އަންގާރަ  ދުވަހުގެ 11:30 ގައި އޮންނާނެއެވެ. އަދި 2018  ނޮވެމްބަރ 19 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މަދަރުސާގެ އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ދުރުވާ ފަރާތުން ސެކިޔުރިޓީ ބެލެހެއްޓުން ނަންގަވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. އަދި މިކަމަށް ކުރިމަތި ލެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.         

           30  ޞަފަރު     1440   

           08  ނޮވެމްބަރ    2018

08 ނޮވެންބަރު 2018