ދިވެހިރާއްޖެ
c
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ސްކޫލް
މުރައިދޫ، ދިވެހިރާއްޖެ
ނަންބަރު: IUL)GS83/2018/16)
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމާގުޅޭ
ކޮންޓެކްޓް އުސޫލުން 01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުމުގެ ސެޝަން |
ބިޑް ހުށަހެޅުން |
15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައި |
26 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހު 11.00 ގައި މުރައިދޫ ސްކޫލުގައި. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޞަފަރު 1440
07 ނޮވެމްބަރ 2018