ދިވެހިރާއްޖެ
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މެރިކަލްޗަރ ކޮމްޕޯނެންޓަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: ލެބޯޓަރީ ޓެކްނީޝަން (މެރިކަލްޗަރ ކޮމްޕޯނެންޓް)
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: -/6520 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މެރިން ރިސާރޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭ ލެވެލް ގައި ސައިންސް މާއްދާތައް ހިމެނޭ ގޮތައް 2 މާއްދާއިން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއިއެކު އަދި ހަޔަރ ސެކަންޑަރީ ސުކޫލް ސެޓްފިކެޓް ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ
- ޖީ.ސީ.އީ. އޯ ލެވެލްގައި ސައިންސް މާއްދާތައް ހިމެނޭ ގޮތަށް 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް އަދި ސެކަންޑްރީ ސުކޫލް ސެޓްފިކެޓް ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއި އެކު ތިމާވެށީގެ ނުވަތަ ކަނޑުގެ މާހަޢުލާއިގުޅުން ހުރި ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
http://www.fishagri.gov.mv/images/download/TOR_for_Laboratory_Technician.pdf
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.
29 ޞަފަރު 1440