ދިވެހިރާއްޖެ
c
އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން |
ނޫމަރާ ސްކޫލް
ނޫމަރާ ދިވެހިރާއްޖެ ނަންބަރު: GS102/IUL/2018/32
އިޢުލާނު
މި ސްކޫލްގައި ހެދިފައިވާ ބޮޑު ނިކަގަސް ކޮށައިދޭނެފަރަތެއް ހޯދުމާގުޅޭ(.)
މި ސްކޫލްގައި ހެދިފައިވާ ބޮޑު ނިކަގަހުގެ ސަބަބުން އިމާރާތަށާއި ދަރިވުންނަށް ގެއްލުމެއް ވެދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ މިގަސް ކޮށައިދޭނެ 03 ފަރާތެއްގެ ކޯޓޭޝަން ހޯދައި މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީގެ (MSG)22-G/GS102/2018/9 ނަމްބަރ މެސެޖުން މި ސްކޫލަށް އަންގާފައިވާތީ، މައި ގަސްގަނޑުން ފެށިގެން ގޮފިތައް 20 ފޫޓަށްވުރެ ދިގުނުވާނެހެން ކޮށައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަދެންނެވީމެވެ.
ކޯޓޭޝަން ހުށަހަޅާ ތާރީހާއި ގަޑި: 2018 ނޮވެމްބަރ 19 ވާ ހޯމަދުވަހުގެ 2:00
ކޯޓޭޝަން ހުށަހަޅަންޖެހޭ ތަން: ނޫމަރާ ސްކޫލް އެޗް.އާރު ( އެޑްމިން ) ސެކްސަން
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
29 ޞަފަރު 1440
07 ނޮވެމްބަރ 2018