ދެންނެވުން
ނަންބަރު: GS153/IUL/2018/20
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 05 ޑިސެންބަރު 2018 12:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއިގުޅޭ

އިޢުލާން

 

 2019 ވަނަ އަހަރު އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއިގުޅޭ

 

                                                                                                                                                           

            2019 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 05 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުންއެދެމެވެ. ސްކޫލް ވައްދަން އެދޭ ފޯމް 6 ނޮވެމްބަރު 2018 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                  އެލް.ކޭ.ޖީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.

އުމުރުފުރާ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2019 ޖަނަވަރީ 1 ގެ ނިޔަލަށް)

               

          ނަމަވެސް އުމުރުފުރާ ބެލުމުގައި 2019 މާރިޗު 31 ގެ ނިލަޔަށް އަހަރު ހަމަވާ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28  ސަފަރު  1440ހ 

07 ނޮވެންބަރު 2018