ވަޒީފާގެ ފުރުޞަތު
ނަންބަރު: GS179/IUL/2018/19
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 18 ނޮވެންބަރު 2018 10:00
ކޮޅުމަޑުލު ވަންދޫ މަދަރުސާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާގެ ކުއްޔަށް ހިފުމަށް

`

ވަންދޫސްކޫލް

   ތ.ވަންދޫ، ދިވެހިރާއްޖެ 

ތާރީޚް:  7 ނޮވެމްބަރ 2018                                     GS179/IUL/2018/19   ނަންބަރު:

 

                                    އިޢުލާނު                                                

 

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

          6 ނޮވެމްބަރ 2018 ވީ އަންގާރަ ދުވަހު މި ސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވިފައިވާ އިއުލާންގައިވާ ތާރީހް ތަކުގައި މައްސަލަ ދިމާވެފައިވުމުގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުންމިކަން އަންގާ އިއުލާން ކުރީމެވެ. 2018 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ..

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި އަންދާސީ ހިސާބުތައް ހުށައަޅުއްވާ ދުވަހު އަންދާސީ ހިސާބުގައިވާ ކަންތައްތައް ބަލައި ޗެކް ކުރުމަށް އަންދާސީ ހިސާބު ހުށައަޅާފައިވާ ގޭގެއަށް ދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބުގައިވާ ކަންތައްތައް ހަމަނުވާނަމަ އެ ކަންތައްތަކަށް ޕޮއިންޓް ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

29 ސަފަރު 1440

7 ނޮވެމްބަރ 2018

07 ނޮވެންބަރު 2018