ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)332-ADHR/332/2018/65
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 12 ނޮވެންބަރު 2018 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ ފެނާއިނަރުދަމާ 50 އަހަރަށް ހިންގުން ހަވާލުކުރުން

އިޢުލާން

  އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން މިރަށަށް ހަދިޔާކޮށްދީފައިވާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް (ބިން، އިމާރާތް، އެންމެހައި އިކްއިޕްމަންޓް)  50އަހަރަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މާލިއްޔަތު ގަވައިދުގެ 10.23ވަނަ މާއްދާގައި ބަޔާންކުރާ ރެސްޓްރިކްޓެޑް ޓެންޑަރިންނާއި އެއްގޮތަށް ތިރީގައިވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގު ފުރުސަތު ހުޅުވާލަމެވެ.

  1.  އެމް ޑަބްލިއު އެސް ސީ
  2.  ސްޓެލްކޯ
  3.  ފެނަކަ ކޯޕަރޭޝަން
  4.  އަލްޓެކް މޯލްޑިވްސް

ވީމާ، މަތީގައިވާ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ނޮވެމްބަރ 2018ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިން ހޯލްގައި ބޭއްވޭ ބިޑް ހުށަހެޅުމުގެ މީޓިންއަށް ވަޑައިގެންދެއްވުންއެދި ދައުވަތުއަރުވަމެވެ. އަދި މިއިއުލާނާއިއެކު މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތު ޝީޓް އާންމުކުރީމެވެ. 

04 ނޮވެމްބަރ 2018

04 ނޮވެންބަރު 2018