ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2018/122
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 29 ނޮވެންބަރު 2018 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއި ބޭނުންކުރުމުގެ ޤަވާޢިދުގެ ދެލިކޮޕީއަށް އިޞްލާޙު ހުށަހެޅުން.

އިޢުލާނު

 

ދަނޑުބިން ދޫކުރުމާއި ބޭނުންކުރުމުގެ ޤަވާޢިދުގެ ދެލިކޮޕީއަށް އިޞްލާޙު ހުށަހެޅުން.

 

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 152 ވަނަ މާއްދާއިން ބާރުލިބިގެން، މިއިދާރާއިން އެކުލަވާލި، ދަނޑުބިން ދޫކުރުމާއި ބޭނުންކުރުމާއި ބެހޭ ޤަވާޢިދުގެ ދެލިކޮޕީ މި އިޢުލާނާއެކު ޢާއްމުކުރަމެވެ.

ވީމާ، މި ޤަވާޢިދަށް އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން 2018 ނޮވެންބަރު 29 ވަނަ ދުވަހުގެ 14:00 ގެކުރިން، މިއިދާރާޢަށް ލިއުމުން މުން އިޞްލާޙު ހުށަހެޅުއްވުން އެދެމެވެ.

27 ޞަފަރު   1440

05 ނޮވެންބަރު 2018  

 

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫން ދަނޑުބިން ދޫކުރުމާއި ބޭނުންކުރުމާއި ބެހޭ ޤަވާޢިދު 

ތަޢާރުފާއި ނަން

1.       

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 152 ވަނަ މާއްދާއިން ބާރުލިބިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެކުލަވާލި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫން ދަނޑުބިން ދޫކުރުމާއި ބެހޭ ޤަވާޢިދެވެ.

 

 

(ށ)

މިޤަވާއިދަށް ކިޔާނީ [ދަނޑުބިން ދޫކުރުމާއި ބޭނުންކުރުމާއި ބެހޭ ޤަވާޢިދު] އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

2.       

(ހ)

މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން

3.       

(ހ)

 

(ށ)

މިޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ނިލަންދޫން ދޫކޮށްފައިވާ ދަނޑުބިންތަކުގެ ކަންތައްތައް މި ޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުންފެށިގެން ލަސްވެގެން 6 (ހައެއް) މަސްދުވަހުގެތެރޭގައި މި ޤަވާޢިދާއެއްގޮތަށް ބަދަލުކުރަންވާނެއެވެ.

މި ޤަވާޢިދަށް ޢަމަލުކުރަންފެށުމުގެކުރިން ދޫކޮށްފައިވާ ދަނޑު ބިންތައް މި ޤަވާޢިދާ އެއްގޮތަށް ބަދަލުކުރުމުގައި ނަގަންޖެހޭ ގަސްތަކާއި ތަންތަނަށް ބަދަލެއް ނުލިބޭނެއެވެ. އަދި އެކަމުގައި ލިބޭ ގެއްލުންތަކަށް ކައުންސިލުން ޒިންމާއެއްވެސް ނުވެވޭނެއެވެ.

ދަނޑުބިން ދޫކުރުން

4.       

(ހ)

ދަނޑުބިން ދޫކުރާނީ ޢާންމުކޮށް އިޢުލާނުކޮށް ބިން ހޯދަން އެދޭ ފަރާތްތަކަށެވެ. އެގޮތުން ދޫކުރެވޭނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 5000 އަކަފޫޓުގެ ބިމެކެވެ. (ކުރިން ދޫކޮށްފައިވާ ދަނޑުބިންތަކުގެ ވެރިންވެސް އެ ދަނޑުބިންތައް ހޯދުމަށް މި ޤަވާޢިދާ އެއްގޮތަށް ހުށަހަޅަންޖެހޭނެއެވެ.)

 

 

(ށ)

މި ޤަވާޢިދުގެ ދަށުން ބިން ދޫކުރެވޭނީ 05 އަހަރު ދުވަހުގެ މުއްދަތަށް، އެންމެ ކުޑަވެގެން މަހަކު އަކަފޫޓަކަށް 10 (ދިހައެއް) ލާރީގެ ރޭޓުން ކުއްޔަށެވެ.

ދަނޑުބިމުގައި ހެއްދޭނެ ތަކެތި

5.       

 

ދަނޑުބިމުގައި އިންދައި ހައްދަންވާނީ މޭވާއާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތަކެވެ. ލަކުޑިއަށްވާ ޒާތުގެ އެއްވެސް ގަހެއް، ރުކެއް ދަނޑުބިމުގައި އިންދައި ހެއްދުމަކީ މަނާކަމެކެވެ.

ދަނޑުބިމުގައި ހުންނަ ރުއްގަހާމެދު ޢަމަލު ކުރަންޖެހޭގޮތް

6.       

 

(ހ)

(ށ)

ދަނޑު ބިމުގައި ހުންނަ ރުއްގަހާމެދު ޢަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

ދަނޑުބިމުގައި ހުންނަ ރުއްގަސް ނުކަނޑައި ބަހައްޓައިގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރެވޭނަމަ،  ރުއްގަސް ނުކެނޑުން.

ދަނޑުބިމުގައި ހުންނަ ރުއްގަސް ބަހައްޓައިގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ދަތިވާނަމަ، އެފަދަ ރުއްގަސް ކެނޑޭނީ ރުއްގަހުގެ ވެރިފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ. އެގޮތުން:-

1. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުން ބަދަލު ހަމަޖައްސަން ބޭނުންވެފައި ދަނޑު ބިމުގެ ވެރިފަރާތުގައި ރުއްގަސް ހުރިނަމަ، ރުއްގަހުން ބަދަލު ދިނުން.

2. ދަނޑުބިމުގެ ވެރިފަރާތުގައި ރުއްގަސް ނެތްނަމަ، ޝަރުޢީ އަގުން ފައިސާއިން ބަދަލު ދިނުން.

3. ރުއްގަހުގެ ވެރިފަރާތުން ބޭނުންވަނީ ރުއްގަސް ކަނޑައިގެން ގެންދަން ކަމަށްވާނަމަ، ރުއްގަސް ކަނޑައި ބިން ސާފު ކުރުމަށް 30 ދުވަހުގެ މުހުލަތެއް ދިނުން. 30 ދުވަހުގެ ތެރޭގައި ރުއްގަސް ކަނޑައި ބިންސާފު ނުކޮށްފިނަމަ، ރުއްގަހުގެ ވެރިފަރާތާއި ދަނޑުބިމުގެ ވެރިފަރާތާއި ވާހަކަ ދައްކައިގެން ގޮތެއް ހަމަޖެއްސުން. ވާހަކަ ދައްކައިގެން ގޮތެއް ހަމަނުޖެހިއްޖެނަމަ، ޝަރީޢަތް މެދުވެރިކޮށްގެން ގޮތެއް ނިންމުން.

ދަނޑުބިމުގައި މަސައްކަތް ކުރުމާއި ކުލި ދެއްކުން.

7.       

(ހ)

(ށ)

(ނ)

ދަނޑުބިމުގައި މަސައްކަތް ކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ބިމުކުލި ހިނގަން ފަށާނެއެވެ. 

ކޮންމެ މީލާދީމަހެއްގެ ބިމުކުލި އެމަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ އިދާރާއަށް ދައްކަން ވާނެއެވެ.

ބިމުކުލި ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ދެން ފައިސާ ބަލައި ގަންނާނީ ހިނގާ ކޮންމެ ދުވަހަކަށް 1 (އެކެއް) ރުފިޔާގެ ޖުރިމަނާއަކާއެކުގައެވެ.

ދަނޑުބިމުގެ އެއްބަސްވުން ބާޠިލް ކުރެވޭނެ ޙާލަތްތައް

8.       

(ހ)

(ށ)

 

 

(ނ)

(ރ)

(ބ)

(ޅ)

ބިމުކުލި ނުދައްކައި ވިދިވިދިގެން 03 މަސްވުން.

ދަނޑުބިން ޙަވާލު ކުރުމަށްފަހު މަޤުބޫލު ސަބަބެއްނެތި، މަސައްކަތް ނުފަށައި 03 މަސްވުން. ނުވަތަ ދަނޑުވެރި ކަމުގެ މަސައްކަތް ފެށުމަށްފަހުވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތާ 03 މަސްވުން.

ކައުންސިލްގެ ނުވަތަ ސަރުކާރުގެ ބޭނުމަކަށް ބިން ނަގަން ޖެހުން.

މި ޤަވާޢިދުގައި ވަކިގޮތަކަށް ޢަމަލު ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައިވާ ކަމަކާއި ޚިލާފުވުން.

ދަނޑުބިމުގެ އެއްބަސްވުމާއި ޚިލާފުވުން.

މި މާއްދާގެ (ހ) (ށ) (ރ) (ބ) ގައިވާ ގޮތަށް އެއްބަސްވުން ބާޠިލު ކުރަންޖެހިއްޖެނަމަ، ދަނޑުގައި ކޮށްފައިވާ އެއްވެސް މަސައްކަތަކަށް ބަދަލުދޭކަށް ނުޖެހޭނެއެވެ. ނަމަވެސް (ނ) ގައިވާ ގޮތަށް ދަނޑުބިމުގެ އެއްބަސްވުން ބާޠިލް ކޮށްފިނަމަ، ދަނޑުބިމުގައި ކޮށްފައިވާ މަސައްކަތަށް، ދަނޑުބިން ނެގި  މުވައްސަސާއަކުން ޝަރުޢީއަގުން ބަދަލު ދޭންޖެހޭނެއެވެ.

ދަނޑުބިމުގައި ކުރުން މަނާ ކަންތައްތައް

 

9.       

(ހ)

(ށ)

(ނ)

 

(ރ)

 

(ބ)

ރުކާއި ލަކުޑިއަށްވާ ޒާތުގެ ގަސް އިންދުން.

ކޮންކްރީޓް ކޮށްގެން ނުވަތަ ރާނައިގެން ޢިމާރާތް ކުރުން.

ދަނޑުބިމުގައި ކޮންނަ ވަޅުތަކުން ނަގާވެލި ދަނޑުން ބޭރަށް ގެންދިޔުމާއި ވަޅުތައް ބެއްދުން ނޫން ކަންކަމަށް ބޭނުން ކުރުން.

ދަނޑުގައި އުފެދޭ އަދި އުފައްދާ ކުނި ދަނޑުގައި އެންދުމާއި ވަލުތެރޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން.

އެކި ބާވަތުގެ ވިހަ އެކުލެވޭ ބޭސް ބޭނުން ކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފަށް އެފަދަ ބޭސް ބޭނުން ކުރުން.

ޖޫރިމަނާ

 

10.   

(ހ)

 

 

 

 

 

(ށ)

 

 

(ނ)

 

 

(ރ)

މިޤަވާޢިދުގެ 9 ވަނަ މާއްދާ އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަޞޭޙަތް ދިނުން، ދެވަނަފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 500/- (ފަސްސަތޭކަ) ރުފިޔާއާއި 1,000/- (އެއްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 1,000/- (އެއްހާސް) ރުފިޔާއާއި 3,000/- (ތިންހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 3,000/- (ތިންހާސް) ރުފިޔާއާއި 5,000/- (ފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މިޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

އެހެން ޤާނޫނަކުން ވަކިގޮތަކަށް ޢަމަލު ކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، މިޤަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މިޤަވާޢިދުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މިޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކުށެއްކުރި ފަރާތަކާމެދު ޢަމަލު ކުރުމުގެ އިޚްތިޔާރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

މިޤަވާއިދުގެ ދަށުންއެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ އެފަރާތެއް އެކުރިކުށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުންބަލައި، ކުށުގެ ޙާދިޘާ ދިރާސާކޮށް، އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

މިޤަވާޢިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަށެވެ. ނުވަތަ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް

 

11.   

(ހ)

މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި، މިޤަވާޢިދަށް ޢަމަލު ކުރަން ފަށާތާ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. އަދި މިޤަވާޢިދުގައިނެތްކަމެއް ދިމާވެއްޖެނަމަ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ލަފާގެމަތިން އެކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

މާނަ ކުރުން

 

12.   

 

 

(ހ)

 

 

(ށ)

މިޤަވާޢިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އަންނަނިވި ބަސްތަކާއި ޢިބާރާތްތައް މާނާ ކުރާނީ ތިރީގައިވާ ގޮތަށެވެ.

"ކައުންސިލް": މިޤަވާޢިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ދަށުން އިންތިޚާބު ކޮށްފައިވާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަށެވެ.

މިޤަވާޢިދުގައި ބޭނުން ކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް، ޖަމްޢިއްޔާ، ޖަމާޢަތްތައް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

05 ނޮވެންބަރު 2018