ދިވެހިރާއްޖެ
2019 ވަނަ އަހަރު ހއ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ، މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެއްވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި / ކުންފުނި ތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑް ގެންނެވުންއެދެމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށްވެސް ދެންނެވީމެވެ.
މަޢްލޫމާތު ސާފުކޮށްދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
2018 ނޮވެމްބަރ 12 (ހޯމަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
2018 ނޮވެމްބަރ 21 (ބުދަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
29 ޞަފަރު 1440
07 ނޮވެމްބަރ 2018