ޢާންމު މަޢުލޫމާތު
ނަންބަރު: GS110/IUL/2018/24
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 07:57
ސުންގަޑި: 19 ނޮވެންބަރު 2018 00:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

1 އަހަރު ދުވަހުގެ މުއްދަތަށް (2019 ޖެނުއަރީ 1 ން ފެށިގެން 2019 ޑިސެމްބަރ 31) ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް (ޖުމްލަ 13 ގަޑިއިރު) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

2018 ނޮވެމްބަރ 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި.

އަންދާސީހިސާބު ހުށަހެޅުން

2018 ނޮވެމްބަރ 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

 

07 ނޮވެމްބަރ 2018

07 ނޮވެންބަރު 2018