ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/463
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 13 ނޮވެންބަރު 2018 11:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 300 ފޮތް ޕްރިންޓްކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއިންދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް 300 ފޮތް ޕްރިންޓްކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ނޮވެންބަރު 13 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ނޮވެންބަރު 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން 2018 ނޮވެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2018 ނޮވެންބަރު 11 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

06 ނޮވެންބަރު 2018