ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން 2019ވަނަ އަހަރު މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ދިއްގަރު ސުކޫލް އޮފީސް |
14 ނޮވެމްބަރ 2018 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ދިއްގަރު ސުކޫލް އޮފީސް |
21 ނޮވެމްބަރ 2018 |
ބުދަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.