ދިވެހިރާއްޖެ
މިއޮތޯރިޓީ ގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް ބޭނުންވެގެން 29 އޮކްޓޫބަރ 2018 ކުރެވުނު ނަންބަރ (IUL)179-3.2/1/2018/18 އިޢުލާނާ ގުޅިގެން، އެކަށީގެންވާ ޢަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން އެފުރުސަތު ހުޅުވާލަމެވެ.
ޓްރެއިނިންގ ޕްރޮގްރާމްގައި އަލި އަޅުވާލަން ބޭނުންވާ ބައިތައް ޖަދުވަލު 1 ގައި އެވަނީއެވެ.
މުއްދަތާއި ވަގުތު:
މި ޕްރޮގްރާމް ބާއްވަން ބޭނުންވަނީ 19 ނޮވެމްބަރު 2018 އިން 29 ނޮވެމްބަރު 2018 އާ ދެމެދު 5 ދުވަހުގެ މުއްދަތަށް، ޖުމްލަ 12 ގަޑިއިރަށް ފެތޭގޮތަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދޭނެ އުޞޫލު ތިރީގައި މިވަނީއެވެ.
އަގު: %45 (ހުށަހަޅާ އެންމެ ކުޑައަގު)
ޓުރެއިނަރުންގެ ތަޢުލީމީ ފެންވަރު :%7
ޕްރޮގްރާމްގައި ކިޔަވައިދެއްވާ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ) : %38
ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތުގެ ޚުލާސާ:
ހުށަހަޅަންޖެހޭ ލިޔުންތައް:
- ޕްރޮގްރާމްގައި ކިޔަވައިދެއްވާ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
- ކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތު
- ވިޔަފާރިއާއި ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ކޮޕީ
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މީގެކުރިން ހިންގާފައިވާ މިބާވަތުގެ ޓްރެއިނިންގ ގެ ތަފްސީލު
- ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތުގެ ޚުލާސާ
ސުންގަޑި
މިޓްރެއިނިންގ ޕްރޮގްރާމް ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް 8 ނޮވެމްބަރު 2018 ވާބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ފޮނުއްވުން އެދެމެވެ.
ބިޑް ހުޅުވުމާއި ބިޑް ހުށަހެޅުން އޮންނާނީ 8 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، (ހ. އޯކިޑް 3 ވަނަ ފަންގިފިލާ) ގައެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
27 ޞަފަރު 1440
05 ނޮވެމްބަރު 2018
ޖަދުވަލު 1
Companies act
Private vs public companies
Transfer of shares and debentures
Directors duties
Mortgage law
Mortgage and registering
Mortgaging a personal asset
Mortgaging corporate asset; process; transfer of ownership; stamps and taxes
Sale of mortgaged assets
Land law – mortgaging a land or building
Sale of mortgaged land
Transferring land to a legal entity
Partnership Act
Partnerships
Creation and dissolution
Partnership’s agreement
Partner’s liabilities
New partners and outgoing partners
Sale of partnership’s share
Financial instruments
Money market instruments under Bills of Exchange Act
Cheques, bills of exchange, promissory notes
Money market instruments vs capital market instruments
Contract law
What is a contract
Creation of contract by companies
Enforcing a contract
Agreement to sell
Sales of goods Act
Trusts
What are trusts
Requirements, creation, administration
Contractual rights vs a trust right
Others
Meaning of ‘asset’ under Maldivian legal context
Rights as an ‘asset’
Consumer protection
Foreign investments
Tax