ދިވެހިރާއްޖެ
ނަންބަރ: GS43-A/2018/28
އިޢުލާން
2019ވަނަ އަހަރު ސްކޫލަށް ކުދީން ވެއްދުމާގުޅޭ
2019 ވަނަ އަހަރު މިސްކޫލްގެ LKG އަށް ދަރިވަރުން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން 22 ނޮވެމްބަރުގެ ނިޔަލަށް ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް LKG އަށް ވައްދަން ހުށައަޅުއްވާ ދަރިވަރަކީ 31 ޑިސެމްބަރ 2018އަށް 4 އަހަރު ފުރި، 5 އަހަރު ނުފުރޭ ދަރިވަރަކަށް ވާންވާނެއެވެ. މިއީ، 1 ޖަނަވަރީ 2014 އިން 31 ޑިސެމްބަރ 2014 އާއި ދެމެދު އުފަންވެފައިވާ ދަރިވަރުންނެވެ.
ވީމާ، މިސްކޫލަށް ކުދީން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިންކްގައިވާ އޮންލައިން ފޯރމް ނުވަތަ ސްކޫލްގެ އިދާރާއިން ދޫކުރާ ފޯރމް ފުރިހަމަކުރެއްވުމަށްފަހު 22 ނޮވެމްބަރ 2018ގެ ކުރީން ހުށަހެޅުއްވުން އެދެމެވެ.
ލިންކް: https://bit.ly/2DllaEZ
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6887031 އަށް ގުޅުއްވުން އެދެމެވެ.
05 ނޮވެމްބަރ 2018