ވަޒީފާގެ ފުރުޞަތު
ނަންބަރު: 198A/2018/95
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 14 ނޮވެންބަރު 2018 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ (ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/95 

ތާރީޚް:  05 ނޮވެންބަރު 2018

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ

އެލަވަންސް

-    ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (80/3,764)

-    ސަރވިސް އެލަވަންސް: 3,000/-

-    ލިވިންގ އެލަވަންސް: 2,550/-

-      ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

-     ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ 

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1-     ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ވަރި ކާވެނި އަދި އެގްރިމެންޓް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް އެ މައްސަލަތަކަކީ ކޯޓުން ހިންގޭނެ މައްސަލަތަކެއްތޯ ބަލައި، ކޯޓު ހިންގަވަން ހުންނަވާ މެޖިސްޓްރޭޓެއްގެ މަޝްވަރާގެ މަތިން ފޯމްތަކަށް ޖަވާބުދިނުން.

2-   ކޯޓަށް ހުށަހެޅޭ މައްސަލަތައް މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން ސެކްޝަންތަކާ ޙަވާލުކުރުމާއި، މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޝަރީޢަތް ނިމުނުގެ ގޮތުގެ ރިޕޯޓް އެކުލަވާލުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިވެ ދިނުން.

3-   އެކި އެކި ކޯޓުތަކުން ބަޔާން ނެގުމަށާއި، މީހުން ޙާޟިރުކޮށްދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޯޓަށް ހުށަހެޅޭ ޢިއްދައިގެ މައްސަލަތަކުގެ ބަޔާންތައް މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން ނެގުން.

4-   ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާ ކުރުމާއި، ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެ މަތިން ކުރުން.

5-     ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފާ ޙަވާލުކުރުން.

6-     ކޯޓަށް ހުށަހެޅޭ އެގްރިމެންޓް ރަޖިސްޓްރީ ކުރުމާބެހޭ އެންމެހާ މަސައްކަތްތައް ކޯޓު ހިންގަވަން ހުންނަވާ މެޖިސްޓްރޭޓެއްގެ މަޝްވަރާގެ މަތިން ކުރުން.

7-   ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯޓް ހޯދަން އެދޭފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން.

8-     ޝަރީޢަތާ ބެހޭ ބަޔާންތައް ލިޔެ ތައްޔާރުކުރުން.

9-     ރެކޯޑް ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރެކޯޑް ސާފުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1-     ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2-     ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-     މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

 

6-     އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ނޮވެންބަރު 14 ވާ ބުދަ ދުވަހުގެ 13:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

·   މި މަޤާމަށް އެދިލައްވާ ފަރާތްތަކުންފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

·        މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރ: 3006281 ، 6740067

·     ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

·     އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

·      ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.

·  މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ޕޮރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތަކަށްވުން.

·    ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން

·  ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.

 
05 ނޮވެންބަރު 2018