ތަމްރީނު
ނަންބަރު: (IUL)56-CAS/1/2018/33
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 15 ނޮވެންބަރު 2018 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސަސް ޓްރެއިނިންގ

އިޢުލާން

ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްރީންދެވޭ ދާއިރާ:

ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސަސް

ތަން:

ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް  އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު:

2018 ނޮވެންބަރު 18 ން 2018 ޑިސެންބަރު 3 ށް

ޖާގަ:

20

 

                      މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުއްގެ ސީވީ [email protected] އަށް 2018 ނޮވެންބަރު 15 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.

27 ޞަފަރު 1440

05 ނޮވެންބަރު 2018