ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS7/138/2018/210
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 08 ނޮވެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H11 ކެޓަގަރީން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާންކުރުން

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ކެޓަގަރީ H11 (18 އަހަރާ 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ، 1 ކޮޓަރި) ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ، ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.

       މިލިސްޓުގައި، ފުލެޓް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާނީ މިކެޓަގަރީގެ ފުލެޓަށް އެދޭ ފަރާތްތަކުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކަށް ބެލުމުގެ އިތުރުން، "ހިޔާ" މަޝްރޫޢަށް ދެމަފިރިން ކުރިމަތިލާފައިވޭތޯ ބަލައި އެމައުލޫމާތު ޗެކްކުރުމަށްފަހުއެވެ.

        މިލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށެވެ. ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން ޖަވާބުދެވޭނެ ވާހަކަ ދަންނަވަމެވެ.

        ފުލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ފުލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓަށް ކުރިމަތިލާފައިވޭތޯ އިތުރަށް ބަލައި، އެމައުލޫމާތުތައް ސާފުކުރުމުގެ އިތުރުން، މިކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ.

05 ނޮވެންބަރު 2018