ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ޏ.ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 150 ގޭގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ޏ.ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަކުރެވުނު 120 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓަގަރީ B ގެ ދަށުން ޏ.ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 20 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 20 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، ޏ.ފުވައްމުލަކުގައި ހުންނަ މިމިނިސްޓްރީގެ ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލް ޑިޕާޓްމަންޓްގެ ނޯޓިސް ބޯޑުގައި، ބެހެއްޓިފައިހުންނާނެއެވެ.
ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ޏ.ފުވައްމުލަކުގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ " ޏ.ފުވައްމުލަކުގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލް ޑިޕާޓްމަންޓްގެ އޮފީހަށް، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.