މަސައްކަތް
ނަންބަރު: (IUL)460-PR/460/2018/6
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 06 ނޮވެންބަރު 2018 10:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއޮފީހުގައި ބޭނުންކުރާ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ނޮވެންބަރު 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން:

 2018 ނޮވެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގ.ބިއްލޫރިޖެހިގެ
     މަޖީދީމަގު
      ފޯން:  3010990
      ފެކްސް: 3010959

26  ޞަފަރު  1440

04 ނޮވެންބަރު 2018